އުތުރަށް ކަނޑުގަދަވެ، ރީނދޫ ސަމާލު ނެރެފި
ސަން
22 އޮކްޓޯބަރު 2025 | ބުދަ | 2:14
އުތުރުގެ އަތޮޅުތަކަށް ކަނޑުގަދަވާނެ ކަމަށް ލަފާކޮށް، މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު އެ ސަރަހައްދަށް ރީނދޫ ސަމާލު ނެރެފިއެވެ.
މެޓް އޮފީހުން މިއަދު ބ. އަތޮޅުން ފެށިގެން އެންމެ އުތުރަށް ރީނދޫ ސަމާލު ނެރެފައިވަނީ 14:00އިން 18:00އަށެވެ.
އެ އޮފީހުން ވަނީ އެ ވަގުތުތަކުގައި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފައެވެ.