އަނެއްކާ ވެސް މައިކެއް ހަލާކުވެއްޖެ: ފަލާހާއި ޝަމްހީދުގެ މައްސަލަ ކޮމިޓީއަށް

ސަން

22 އޮކްޓޯބަރު 2025 | ބުދަ | 2:26

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ހުރި މައިކެއް އަނެއްކާ ވެސް ހަލާކުވެ، ދެ މެންބަރެއްގެ މައްސަލަ ސުލޫކީ ކޮމިޓީއަށް މިއަދު ފޮނުވައިފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހިނގި ހަމަނުޖެހުމެއްގައި ހަލާކުވީ މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާހްގެ މޭޒުކޮޅުގައި ހަރުކޮށްފައި ހުރި މައިކެވެ. އެކަން ހިނގީ، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ދެއްވި ޖަވާބަކުން މެންބަރުން އަޑުގަދަކުރަން ފެށި ވަގުތުގައެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމަވާލައްވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ، ފަލާހްގެ މޭޒުކޮޅުގައި ހަރުކޮށްފައި ހުރި މައިކް ހަލާކުވެ، އެ ބަދަލުކުރަން ޖެހިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ، އެކަން ހިނގީ ފަލާހާއި ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދާ ދެމެދު ހިނގި ހަމަނުޖެހުމެއްގައެވެ.

މައުޟޫޢުތަށް