އެސްއީޒެޑް ގާނޫނަށް ގެންނަ ބަދަލުން ޓޫރިޒަމަށް ބޮޑު ގެއްލުމެއް ލިބި، އާމްދަނީ ދަށްވާނެ: ފައްޔާޒް

ސަން

22 އޮކްޓޯބަރު 2025 | ބުދަ | 7:12

ބައެއް މަޝްރޫއުތަކަށް ލުއިތައް ލިބޭ ގޮތަށް އެސްއީޒެޑް ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުގެ ސަބަބުން ފަތުރުވެރިކަމަށް ވަރަށް ބޮޑަށް ނޭދެވޭ އަސަރުކޮށް، ރާއްޖެއަށް ވަންނަ އާމްދަނީ ދަށްވާނެ ކަމަށް، އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

ސަރުކާރުން އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހުގައި ވަނީ ކަނޑައެޅޭ ވަކި ސަރަހައްދުތަކެއްގައި ޒަމާނީ ޚިދުމަތްތަކާއި ވަސީލަތްތައް ލިބޭ ގޮތަށް މީހުން ދިރިއުޅުމަށް ތަރައްގީކުރާ ސަރަހައްދުތަކަކީ، ނުވަތަ "ސަސްޓެއިނަބަލް ޓައުންޝިޕް"އަކީ ޚާއްސަ އިކޮނޮމިކް ޒޯނެއްގެ ގޮތުގައި ކަނޑައަޅަން ހިމަނައިފައެވެ.

އެ އިސްލާހާ ގުޅޭ ގޮތުން ފައްޔާޒު 'އެކްސް'ގައި ލިޔުއްވިގޮތުގައި، "ސަސްޓެއިނެބަލް ޓައުންޝިޕް"އަކީ 2022ވަނަ އަހަރުގެ ޑިސެމްބަރު މަހު އެމްޑީޕީގެ ސަރުކާރުން ގެނައި މަޝްރޫއެކެވެ.

މައުޟޫޢުތަށް