ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި 46 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފި
ސަން
22 އޮކްޓޯބަރު 2025 | ބުދަ | 7:21
ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި ރޭ ހުޅުމާލޭން ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
މީޑިއާއާ ހިއްސާކުރި މެސެޖެއްގައި ފުލުހުން ބުނީ، 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ރޭ ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކުރީ އުމުރުން 46 އަހަރުގެ ދިވެހި ފިރިހެނެކެވެ.