ދަތުރުތަކަށް ބަޖެޓުކުރި ފައިސާގެ 85 ޕަސެންޓު ހުސްވެއްޖެ
ސަން
23 އޮކްޓޯބަރު 2025 | ބުރާސްފަތި | 12:07
މި އަހަރުގެ ބަޖެޓުގައި ދަތުރުތަކަށް ކަނޑައަޅައިފައިވާ ބަޖެޓުގެ 85 ޕަސެންޓު ފައިސާ ޚަރަދުކޮށްފައިވާކަން ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ހިސާބުތައް ހާމަނުކުރާތާ ގިނަ ދުވަސްތަކެއްފަހުން، އެ މިނިސްޓްރީން ވަނީ މި މަހުގެ 16ވަނަ ދުވަހާ ހަމައަށް ދައުލަތުގެ މާލީ ތަފާސްހިސާބުތައް އާންމުކޮށްފައެވެ.
އެ ހިސާބުތައް ދައްކާގޮތުން މި އަހަރަށް ދަތުރުތަކަށް ބަޖެޓުކުރި 249.1 މިލިއަން ރުފިޔާގެ ތެރެއިން 212.3 މިލިއަން ރުފިޔާ ވަނީ މިހާތަނަށް ޚަރަދުކޮށްފައެވެ. އަހަރު ނިމެން ބާކީ ދެ މަސް އޮތްއިރު ބަޖެޓުގައި ބާކީ އޮތީ 36.8 މިލިއަން ރުފިޔާއެވެ.