ރައީސްގެ ''ބޯހިޔާވަހިކަމުގެ ބަޖެޓު'' ހުސްވާއިރު އެންމެ ގާގަނޑެއް ވެސް ނޭޅޭ: މައުރޫފް
ސަން
23 އޮކްޓޯބަރު 2025 | ބުރާސްފަތި | 9:50
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ސަރުކާރުގެ "ބޯހިޔާވަހިކަމުގެ ބަޖެޓު" ނިމޭއިރު އެންމެ ގާގަނޑެއް ވެސް ނުބޭންދޭ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
އެސްއެސްޓީވީގެ 'ބާރު ހަތަރެއް' ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މައުރޫފް ވަނީ ބޯހިޔާވަހިކަމުގެ ބަޖެޓުގައި އެތައް އަދަދެއް ޖެއްސެވި ކަމަށް ރައީސް ވިދާޅުވި ނަމަވެސް އެ ބަޖެޓުގެ ތެރެއިން މިހާތަނަށް އެ ބަޖެޓުގެ ތެރެއިން މި ސަރުކާރަށް ކުރެވުނީ ކޮން މަސައްކަތެއްތޯ ސުވާލު އުފައްދަވައިފައެވެ.
"ބޯހިޔާވަހިކަމެއްގެ ބަޖެޓެއް ނިމިދާއިރު އޭގައި އެންމެ ކަމެއް ވެސް ބޯހިޔާވަހިކަން ގާއިމުކުރަން، އެންމެ ގާގަނޑެއް ވެސް އެންމެ ވެލިކޮޅެއް ވެސް ނޭޅުނީމާ ދެން އެ ނޫން ބަޖެޓެއްގައި ބޯހިޔާވަހިކަމަށް ކުރެވޭނީ ކޮން ކަމެއްތޯ؟ ބޯހިޔާވަހިކަމަށް ޚާއްސަކުރި ބަޖެޓުން އެއް ކަމެއް ދިވެހި ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން ނުކުރެވުނީމާ ދެން އެ ނޫން ބަޖެޓަކުން ކުރެވޭނީ ކޮން ކަމެއްތޯ؟"