އާދިއްތައަށް ފަހު ވިއްސާރަ އަލިވާނެ، އެކަމަކު ވައިބާރު
ސަން
23 އޮކްޓޯބަރު 2025 | ބުރާސްފަތި | 10:38
އާދީއްތައަށް ފަހު އުތުރާއި މެދުރާއްޖެތެރެއަށް ވިއްސާރަނުކުރި ނަމަވެސް ވައިބާރުވުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން މިއަދު ބުނެފިއެވެ.
"ސަން"އަށް މައުލޫމާތުދެމުން މެޓް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ، މިހާރު ރާއްޖެއަށް ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގެ އަސަރު، ހުކުރު ދުވަހަށް ފަހު މަޑުވަމުން ދާނެ ކަމަށެވެ.
ދެކުނުގެ ރަށްރަށަށް މިހާރު ވެސް ވިއްސާރަައިގެ އަސަރު ކުޑަވަމުންދާ ކަމަށް ވެސް ލަފާކޮށްފައިވެއެވެ. އެގޮތުން، ކުރިއަށް އޮތް 24 ގަޑިއިރު ދެކުނުގެ އަތޮޅުތަކަށް ކުރަމުންދާނީ ކެރީގެ އަސަރު ކަމަށް މެޓް އޮފީހުން މައުލޫމާތުދީފައިވެއެވެ.