މިދިޔަ 3 އަހަރު ފެނަކައަށް 50 އިންސައްތަ މުވައްޒަފުން ނެގީ އިއުލާނު ނުކޮށް

ސަން

23 އޮކްޓޯބަރު 2025 | ބުރާސްފަތި | 12:36

ހިންގުމުގެ ގޮތުން ވަރަށް ބޮޑަށް ބޮއްސުންލާފައި އޮތް ސަރުކާރުގެ ފެނަކަ ކޯޕަރޭޝަން ލިމިޓެޑަށް މިދިޔަ ތިން އަހަރު ނެގި މުވައްޒަފުންގެ 50 އިންސައްތައަކީ އިއުލާނުކުރުމަކައިނުލާ ނަގާފައިވާ މުވައްޒަފުން ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އަންނަނީ ފެނަކައިގެ އޮޑިޓްތައް ދިރާސާކުރަމުންނެވެ.

އެ މަސައްކަތުގެ ތެރެއިން އެ ކޮމިޓީގެ މެންބަރުން މިއަދު ވަނީ އޮޑިޓާ ޖެނެރަލްގެ އޮފީހާ ބައްދަލުކޮށްފައެވެ. އެ ބައްދަލުކުރެއްވުމުގައި އޮޑިޓް އޮފީހުގެ ޑިރެކްޓަރު ޖެނެރަލް އަބްދުﷲ ޒުހުރީ ވަނީ އޮޑިޓް ރިޕޯޓުތަކުން ފެނަކައަށް މުވައްޒަފުން ނެގުމާ ގުޅޭ ގޮތުން ފާހަގަވި މުހިންމު ކަންކަން ހިއްސާކޮށްފައެވެ.

މައުޟޫޢުތަށް