ދަރިފުޅާ ހަވާލުވާން މިނިސްޓްރީން ދިޔައިރު މައީޝާގެ ދަރިއަކު ނުހުރޭ!

ސަން

23 އޮކްޓޯބަރު 2025 | ބުރާސްފަތި | 4:02

ދަރިއަކު ނުވެސް ހުންނަ، މަޝްހޫރު ލަވަކިޔުންތެރިޔާ މަރްޔަމް މައީޝާ (ރާޅު މަރިޔަނބު)ގެ ދަރިފުޅަށް އިހުމާލުވާ ކަމަށް ބުނެ މީހަކު ކުރި ރިޕޯޓަކާ ގުޅިގެން ސޯޝަލް އެންޑް ފެމެލީ ޑިވެލޮޕްމަންޓް މިނިސްޓްރީން މިއަދު އޭނާގެ ގެއަށް ދިޔަ ކަމަށް ބުނާ މައްސަލައެއް ފެންމަތިވެއްޖެއެވެ.

މައިޝާގެ އެކްސް އެކައުންޓުގައި އޭނާ ލިޔެފައިވާ ގޮތުގައި މިއަދު އޭނާގެ ދައްތައަށް ސޯޝަލް މިނިސްޓްރީން ވަނީ ގުޅާފައެވެ. އަދި، މައިޝާގެ ދެ އަހަރުގެ ދަރިފުޅު އޭނާ އަތުން ނަގާފައި މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންދަން ބޭނުންވާ ކަމަށް އޭނާގެ ދައްތަ ގާތުގައި މިނިސްޓްރީން ބުނެފައިވާ ކަމަށް މައިޝާ ބުންޏެވެ.

އެކަމަކު، މައީޝާގެ ދަރިފުޅެއް އަދި ނުހުރެއެވެ. އޭނާ ބުނި ގޮތުގައި މިހާތަނަށް އަދި ކައިވެންޏެއް ވެސް ނުކުރެއެވެ.

މައުޟޫޢުތަށް