އައްޑޫ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ހޯދަން އަހަރެއް ނަގާނެ: ފެނަކަ

ސަން

23 އޮކްޓޯބަރު 2025 | ބުރާސްފަތި | 3:50

އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދަން އަދި އިތުރު އަހަރެއްހާ ދުވަސް ނަގާނެ ކަމަށް އެ ސިޓީއަށް ކަރަންޓު ފޯރުކޮށްދޭ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހް މިއަދު ވިދާޅުވެއްޖެއެވެ.

އައްޑުއަކީ މާލެ ނަގާފައި އެންމެ ބޮޑު ސިޓީއެވެ. އެކަމަކު، އެ ސިޓީއަށް ކަރަންޓުގެ މައްސަލަ ދިމާވެފައި އޮންނަތާ ކިތަންމެ ދުވަހެކެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ވަނީ ފާއިތުވި އެއް އަހަރު ދުވަސް ތެރޭގައި އައްޑޫގެ ގުޅިފައިވާ ރަށްތަކުން 89 ދުވަހު ކަރަންޓު ކެނޑުނުކަން ފާހަގަކުރައްވާފައެވެ. އެހެންވެ، އެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނީ ކޮން ދުވަހަކުންތޯ އޭނާ ސުވާލުކުރެއްވިއެވެ.

މައުޟޫޢުތަށް