ދުވާފަރު މީހަކަށް އަނިޔާކޮށްގެން އުނގޫފާރު މީހަކަށް ބޮޑު ޖޫރިމަނާއެއް

ސަން

23 އޮކްޓޯބަރު 2025 | ބުރާސްފަތި | 7:32

ރ. އުނގޫފާރު ކުނިގޮނޑު ތެރޭގައި ދެ މީހެއްގެ މެދުގައި އުފެދުނު ދެބަސްވުމެއްގައި، އެ ތަނުން މީހެއްގެ ގައިގައި ޖެހިކަން ސާބިތުވެ ބޮޑު ޖޫރިމަނާއެއް ކޮށްފިއެވެ.

އެ މައްސަލައިގައި ދައުލަތުން ވަނީ އުނގޫފާރުގެ މީހާގެ މައްޗަށް، އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާކޮށްފައެވެ.

އޭނާގެ މައްޗަށް އެ ދައުވާ އުފުލާފައިވަނީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހު ހެނދުނު، އުނގޫފާރު ކުނިގޮނޑުތެރޭގައި، އެ އަތޮޅު ދުވާފަރު މީހެއްގެ ކަނދުރާގައި ޖަހައި ހަމަލާދީފައިވާތީއެވެ. އެ ހަމަލާއާ ގުޅިގެން ދުވާފަރު މީހާއަށް އަނިޔާވެފައިވާ ކަމަށް އޭނާގެ މެޑިކަލް ރިކޯޑްތަކުން ދައްކައެވެ.

މައުޟޫޢުތަށް