މައީޝާއާ ގުޅޭ ރިޕޯޓު ލިބުމުން އަމަލުކުރީ އާންމު އުސޫލުން، އަބުރު ގެއްލޭ ކަމެއް ނުކުރާނެ: މިނިސްޓްރީ

ސަން

23 އޮކްޓޯބަރު 2025 | ބުރާސްފަތި | 11:28

ދަރިއަކު ނުވެސް ހުންނަ، މަޝްހޫރު ލަވަކިޔުންތެރިޔާ މަރްޔަމް މައީޝާ (ރާޅު މަރިޔަނބު)ގެ ދަރިފުޅަށް އިހުމާލުވާ ކަމަށް ބުނެ މީހަކު ކުރި ރިޕޯޓަކާ ގުޅިގެން، ފެމެލީ ޑިވެލޮޕްމަންޓް މިނިސްޓްރީން އަމަލު ކުރީ އާންމު އުސޫލުން ކަމަށާއި އޭނާގެ އަބުރު ގެއްލޭ ފަދަ ކަމެއް ނުކުރާނެ ކަމަށް އެ މިނިސްޓްރީން މިރޭ ބުނެފިއެވެ.

އެކްސްގައި ކުރި ޕޯސްޓެއްގައި މިއަދު މައީޝާވަނީ، އޭނާގެ ދަރިއެއް ނުހުންނަ ނަމަވެސް، އޭނާގެ ދެ އަހަރުގެ ދަރިއެއް ހުންނަ ކަމަށް ބުނެ ފެމިލީ މިނިސްޓްރީން އޭނާގެ ދައްތައަށް ގުޅައިފައިވާ ކަމަށް ބުނެފައެވެ.

އެ ފޯނުކޯލުގައި މިނިސްޓްރީން ވަނީ، ނަން ހާމަކުރަން ބޭނުންނުވާ މީހަކު ކުރި ރިޕޯޓަކާ ގުޅިގެން، އެ ދަރިފުޅު މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންދަން ނިންމައިފައިވާ ކަމަށް ބުނެފައި ކަމަށް މައީޝާ ލިޔެފައިވެއެވެ.

މައުޟޫޢުތަށް