ވޮލީބޯޅަ އެސޯސިއޭޝަންގެ ހަތަރު މުބާރާތެއްގެ މީޑިއާ ޕާޓްނަރަކަށް އެސްއެސްމީޑިއާ
ސަން
23 އޮކްޓޯބަރު 2025 | ބުރާސްފަތި | 6:29
ދިވެހިރާއްޖޭގެ ވޮލީބޯޅަ އެސޯސިއޭޝަން (ވީއޭއެމް)ގެ ހަތަރު މުބާރާތެއްގެ މީޑިއާ ޕާޓްނަރަކަށް ވުމަށް ސަން ސިޔާމް މީޑިއާއިން އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސަންސިޔާމް މީޑިއާގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެގެޓިވް އޮފިސަރު މުޙައްމަދު އާސިފް (މޮންދު)އެވެ. އަދި، ވީއޭއެމްގެ ފަރާތުން ސޮއިކުރެއްވީ އެ އެސޯސިއޭޝަންގެ ރައީސް މުހައްމަދު ލަޠީފެވެ.
އެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު އާސިފް ވަނީ، ވީއޭއެމްގެ މުބާރާތްތައް ކަވަރުކުރުމުގެ ފުރުސަތު ސަން ސިޔާމް މީޑިއާއަށް ދިން ކަމަށްޓަކައި ވީއޭއެމަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވައިފައެވެ.