އައްޑޫ ވޯޓު ނަގަން ނެރުއްވީ ޣައިރު ދުސްތޫރީ ގަރާރެއް، ވޯޓު ސައްހައެއް ނޫން: ކުރީގެ އުއްތަމަ ފަނޑިޔާރު

ސަން

23 އޮކްޓޯބަރު 2025 | ބުރާސްފަތި | 9:09

އައްޑޫ ސިޓީގެ ފޭދުއާއި މީދުއާއި ހުޅުދޫގައި ވަކިވަކި ކައުންސިލްތައް އުފެއްދުމާ ގުޅޭގޮތުން އަންނަ ހޮނިހިރު ދުވަހު ނަގާ ފެންނަ ނުފެންނަ ވޯޓަކީ ކަނޑައެޅިގެން ގާނޫނުއަސާސީއާ ޚިލާފަށް ނަގާ ވޯޓެއް ކަމަށް، ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު އަބްދުالله ދީދީ މިއަދު ވިދާޅުވެއްޖެއެވެ.

އައްޑޫގެ ހިތަދުއަށް އުފަން އަބްދުالله ދީދީ "އެކްސް"ގައި ލިޔުއްވި ގޮތުގައި ހޮނިހިރު ދުވަހު ނަގާ ވޯޓަކީ ގާނޫނުއަސާސީގެ 115ވަނަ މާއްދާގައި ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން، އެ މާއްދާގެ (ޏ)ގައި ބަޔާންކޮށްފައިވާ ގޮތާ ޚިލާފަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނެރުއްވި ގަރާރަކުން ނަގާ ވޯޓެކެވެ.

ގާނޫނުއަސާސީގެ 115ވަނަ މާއްދާގެ (ޏ)ގައިވާ ގޮތުން، ގައުމީ މުހިންމު މައްސަލަތަކުގައި ރައްޔިތުންނަށް ފެންނަ ގޮތް ބެލުމަށް ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިދެއެވެ. އެހެންކަމުން ގާނޫނުއަސާސީއަށް އިޝާރާތްކުރައްވައި ދީދީ ލިޔުއްވިގޮތުގައި، ގައުމީ މުހިންމު މައްސަލަތަކަކީ ކޮބައިކަން ތަރުޖަމާކުރަން ވާނީ ސައްހަ މިންގަނޑެއްގެ މައްޗަށް ބިނާކޮށެވެ.

މައުޟޫޢުތަށް