އައްޑޫގައި ޚިދުމަތްދެނީ ހަމަހަމަކޮށް، އަވަށްތައް ވަކިވެއްޖެނަމަ ޚަރަދުތައް ފޫބައްދަން ދަތިވާނެ: ނިޒާރު

ސަން

23 އޮކްޓޯބަރު 2025 | ބުރާސްފަތި | 11:44

އައްޑޫ ސިޓީ ކައުންސިލުން ހުރިހާ އަވަށެއްގައިވެސް ޚިދުމަތްތައް ދެމުންދަނީ ހަމަހަމަކޮށް ކަމަށް ވިދާޅުވެ، ވޯޓުގެ ފަހުން ހުޅުދުއާއި މީދުއާއި ފޭދޫ އެކަހެރިވެއްޖެނަމަ، އެ ތިން އަވަށުގެ ޚަރަދުތައް އެ އަވަށްތަކަށް ފޫބައްދަން ދަތިވާނެކަމަށް، އައްޑޫގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

'އެސްއެސްޓީވީ'ގެ 'ބާރު ހަތަރެއް' ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ނިޒާރު ވިދާޅުވީ، އައްޑޫގެ ސިޓީ ކައުންސިލް އޮންނާނެ ގޮތެއް ކަނޑައެޅުމަށްޓަކައި ޚިޔާލު ހޯދުމުގެ ވޯޓު ނަގަން ނުޖެހޭ ކަމަށާއި، ގާނޫނުން އެކަމުގައި ހައްލުތައް ބަޔާންކޮށްފައި އެބަހުރި ކަމަށެވެ.

ހުޅުދުއާއި މީދުއާއި ފޭދުއަށް އިދާރީ މިނިވަންކަން ލިބި ފައިދާވާނީ އައްޑޫ ސިޓީ ކައުންސިލާ ވަކިން އޮތުމުން ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ނިޒާރު ވިދާޅުވީ، އިދާރީ މިނިވަންކަމުގެ ވާހަކަ ދެކެވޭއިރު، ވަކި އަވަށެއް ތަފާތުކުރުމެއް ނެތި އައްޑޫ ސިޓީ ކައުންސިލުން ޚިދުމަތްތައް ފޯރުކޮށްދެނީ ހަމަހަމަކޮށް ކަމަށާއި، އެއް ކައުންސިލެއްގެ ގޮތުގައި އައްޑޫ ކައުންސިލް އޮތުމުގެ ސަބަބުން އާބާދީ ނިސްބަތުން ހަމަހަމަކަމާއެކު ރަށްވެހިކަމުގެ ޚިދުމަތް ކުރިއަށް ގެންދެވޭ ކަމަށެވެ.

މައުޟޫޢުތަށް