ޔޯގާ ސްޓޫޑިއޯއަށް ހުއްދަ ދިނުމާއި ހުޅުވުމާ ގުޅޭ ގޮތުން އިހުސާނާއި މާރިޔާއާ ސުވާލުކުރަން ހުށަހަޅައިފި

ސަން

24 އޮކްޓޯބަރު 2025 | ހުކުރު | 12:20

މިދިޔަ ސެޕްޓެމްބަރު މަހު މާލޭގައި ޔޯގާ އާއި ޕިލާޓީސް ކްލާސްތައް ނަގައިދޭ "ބެލެންސް ސްޓޫޑިއޯ" ހުޅުވުމާ ގުޅޭ ގޮތުން، ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާނާއި އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ އާ ރައްޔިތުންގެ މަޖިލީހުން ސުވާލުކުރަން އިދިކޮޅު އެމްޑީޕީން ހުށަހަޅައިފިއެވެ.

އިހުސާނާ ކުރަން ހުށަހެޅި ސުވާލުގައި ވަނީ، ބެލެންސް ސްޓޫޑިއޯ ހުޅުވައި އެ ތަނުގައި ޔޯގާގެ ހަރަކާތް ހިންގާނެ ކަމަށް އިޝްތިހާރުކުރިއިރު އެކަން ނުހުއްޓުވި ސަބަބަކީ ކޮބައިތޯއާއި ޔޯގާގެ ހަރަކާތް ހިންގުން ހުއްދަކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެއްވެސް އިރުޝާދެއް ލިބިފައިވޭތޯއެވެ.

ބެލެންސް ސްޓޫޑިއޯ ރަސްމީކޮށް ހުޅުވައިދެއްވަން ވަޑައިގަތް މާރިޔާއާ ކުރަން ހުށަހަޅައިފައިވަނީ، އެ ތަން ހުޅުވުމަށް އޭނާ ވަޑައިގަތީ ރައީސްގެ އެއްވެސް ހުއްދައެއް ލިބިގެންތޯއެވެ.

މައުޟޫޢުތަށް