ފީފާގެ ރައީސަށް ސަގާފީ މަރުހަބާއެއް
ސަން
24 އޮކްޓޯބަރު 2025 | ހުކުރު | 11:26
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މިއަދު ރާއްޖެ ވަޑައިގަތުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އޭނާއަށް ސަގާފީ މަރުހަބާއެއް ކިޔައިފިއެވެ.
އިންފަންޓީނޯ ރާއްޖެ ވަޑައިގަތީ ރަސްމީ ދަތުރުފުޅެއްގައެވެ.
އެއާޕޯޓުގެ ވީއައިޕީ ޓާމިނަލުން އިންފަންޓީނޯ ނުކުމެވަޑައިގަތުމާ އެކު އޭނާއަށް ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ. އަދި، ސަގާފީ ބައެއް ހުށަހެޅުންތައް އޭނާއަށް ވަނީ ދައްކާލާފައެވެ. އޭނާގެ އިސްތިގުބާލުގައި ކުޅިވަރާ ގުޅުންހުރި އެކި ފަންތީގެ ބޭފުޅުން އެއާޕޯޓަށް ވަޑައިގެން ތިއްބެވިއެވެ.