އަހަރު ނިމެންދާއިރު އިމްޕޯޓު ޑިއުޓީން އަންދާޒާކުރި އަދަދުގެ 50 އިންސައްތަ ވެސް ނުލިބޭ
ސަން
24 އޮކްޓޯބަރު 2025 | ހުކުރު | 2:58
އަހަރު ނިމެން ދެ މަސް ދުވަހަށް ވެފައިވާއިރު އިމްޕޯޓު ޑިއުޓީގެ ގޮތުގައި މި އަހަރު ދައުލަތަށް ލިބޭނެ އާމްދަނީގެ ގޮތުގައި ބަޖެޓު ހެދިއިރު އަންދާޒާކުރި އަދަދުގެ 50 އިންސައްތަ ވެސް ނުލިބޭކަން ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން އެނގިއްޖެއެވެ.
ސަރުކާރުން ހިސާބު ޖެހީ މި އަހަރު އިމްޕޯޓު ޑިއުޓީގެ ގޮތުގައި 4.6 ބިލިއަން ރުފިޔާ ލިބޭނެ ކަމަށެވެ.
އެކަމަކު، މި މަހުގެ 16ވަނަ ދުވަހުގެ ނިޔަލަށް ހިނގި ޚަރަދާއި އާމްދަނީގެ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި މިހާތަނަށް އިމްޕޯޓު ޑިއުޓީގެ ގޮތުގައި ލިބުނީ 2.4 ބިލިއަން ރުފިޔާއެވެ. އެއީ، އަންދާޒާކުރި އަދަދުގެ 47 އިންސައްތައެވެ. އެހެންވެ، އަހަރު ނިމެން ދެ މަހަށްވީއިރު އިމްޕޯޓު ޑިއުޓީގެ ގޮތުގައި ލިބުނު އާމްދަނީ އަންދާޒާގެ 50 އިންސައްތައަށް ވެސް ނާރައެވެ.