ސަރުކާރު ކުންފުނިތަކަށް ބަޖެޓަށްވުރެ އިތުރަށް 1.1 ބިލިއަން ހޭދަކޮށްފި

ސަން

24 އޮކްޓޯބަރު 2025 | ހުކުރު | 3:37

ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ބަޖެޓަށްދޭ ފައިސާގެ ގޮތުގައި ދޭން ބަޖެޓުކުރި އަދަދަށްވުރެ އިތުރަށް 1.15 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ރަސްމީ ހިސާބުތަކުން ދައްކައިފިއެވެ.

ކުންފުނިތަކަށް މި އަހަރުގެ ބަޖެޓުން ދޭން ކަނޑައަޅާފައިވަނީ 378 މިލިއަން ރުފިޔާއެވެ.

އެކަމަކު، މި މަހުގެ 16ވަނަ ދުވަހުގެ ނިޔަލަށް ހިނގި ޚަރަދާއި އާމްދަނީގެ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި މިހާތަނަށް ކުންފުނިތަކަށް 1.5 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އެއީ، ބަޖެޓު ކުރި އަދަދުގެ އިތުރަށް 1.15 ބިލިއަން ރުފިޔާއެވެ. މިދިޔަ އަހަރާ އަޅައިބަލާއިރު ވެސް 169 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

މައުޟޫޢުތަށް