ބޯހިޔާވަހިކަމަށް ބަޖެޓުކުރި ފައިސާގެ 91 އިންސައްތައިގައި އަތް ވެސް ނުލާ
ސަން
24 އޮކްޓޯބަރު 2025 | ހުކުރު | 4:21
ބޯހިޔާވަހިކަމުގެ ބަޖެޓުގެ ގޮތުގައި ނަން ދީފައިވާ މި އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ކަނޑައެޅި ފައިސާގެ 91 އިންސައްތައިގައި އަދި އަތްވެސްނުލާކަން ފިނޭންސް މިނިސްޓްރީގެ ރަސްމީ ހިސާބުތަކުން ދައްކައިފިއެވެ.
ހަތް އަހަރު ހައުސިން މިނިސްޓަރުކަން ކުރެއްވި، ރައީސް ޑރ. މުހައްމަދު މުއިއްޒު މި އަހަރުގެ ބަޖެޓު ޚާއްސަކުރީ ބޯހިޔާވަހިކަމަށެވެ. އެ މަނިކުފާނުގެ އެންމެ ބޮޑު އެއް ވައުދަކީ 18 އަހަރުން މަތީގެ އެންމެންނަށް ފަސް އަހަރު ދުވަހުގެ ތެރޭގައި ބޯހިޔާވަހިކަމެއް ހޯދައިދިނުމެވެ.
އެހެންވެ، ބޯހިޔާވަހިކަމަށް މި އަހަރުގެ ބަޖެޓުން ތިން ބިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރާނެ ކަމަށް އިއުލާނުކުރިއެވެ.