އެފްއޭއެމްގެ މަސައްކަތަށް އިންފަންޓީނޯގެ ތައުރީފް، ފުޓްބޯޅަ ކުރިއަރުވަން ރައީސާއެކު މަޝްވަރާކުރައްވައިފި

ސަން

24 އޮކްޓޯބަރު 2025 | ހުކުރު | 7:31

ރާއްޖޭގެ ފުޓުބޯޅަ ތަރައްގީކޮށް، ކުރިއަރުވަން ރައީސް ޑރ. މުޙައްމަދު މުއިއްޒު ދުނިޔޭގެ ފުޓުބޯޅައިގެ މައި ޖަމިއްޔާ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއާއެކު މިއަދު މަޝްވަރާކުރައްވައިފިއެވެ.

އިންފަންޓީނޯ މިއަދު ވަނީ ރައީސް މުއިއްޒުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވާފައެވެ. ރައީސް އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި އިންފަންޓީނޯ ރާއްޖެއަށް ވަޑައިގެންނެވުމުން އެ މަނިކުފާނަށް ރައީސް ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. އަދި، ވަގުތު ހުސްކުރައްވައިގެން ރާއްޖެއަށް ވަޑައިގަތުމުން ރައީސް މުއިއްޒު ވަނީ، އެކަމަށް ޝުކުރު އަދާކުރައްވާފައިވެއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އެމަނިކުފާނުގެ ސަރުކާރުން ދިވެހިރާއްޖޭގެ ފުޓްބޯޅަ ތަރައްޤީކުރެއްވުމަށް ޚާއްޞަ އަހައްމިއްޔަތެއް ދެއްވާ ކަމަށާއި ފުޓްބޯޅައަކީ ދިވެހިންގެ އެންމެ މަޤްބޫލު ކުޅިވަރުކަން ފާހަގަކުރައްވާފައެވެ.

މައުޟޫޢުތަށް