އޮޅުހިޔާގައި ފެތުރުނީ ވައިރަލް އިންފެކްޝަނެއް، ޖުމްލަ 26 ބުޅާ މަރުވި: މިނިސްޓްރީ

ސަން

24 އޮކްޓޯބަރު 2025 | ހުކުރު | 8:29

އޮޅުހިޔާ އެނިމަލް ކެއާ ފެސިލިޓީގައި ފެތުރުނު ބަލިމަޑުކަމެއްގެ ސަބަބުން ޖުމްލަ 26 ބުޅާ މަރުވިކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން މިއަދު ބުނެފިއެވެ.

އޮޅުހިޔާ ފެސިލިޓީގައި 20 ދުވަސްތެރޭ 51 ބުޅާ މަރުވެފައިވާ ކަމަށް ބުނެ، އެ ފެސިލިޓީއާ ގުޅޭ ގިނަ ކަންބޮޑުވުންތަކެއް ހަތަރު ޖަމިއްޔާއަކުން ފާޅުކުރީ މި މަހުގެ ކުރީ ކޮޅެވެ.

އެ ޖަމިއްޔާތަކުން ހެދި އިންސްޕެކްޝަނަށްފަހު ނެރުނު ރިޕޯޓެއްގައި ވާގޮތުން އޮޅުހިޔާގެ ހިންގުން މިދިޔަ މަހުގެ 15 ވަނަ ދުވަހު އެނިމަލް ވެލްފެއާ މިނިސްޓްރީން ވަނީ ފީލައިން ވެލްފެއާ އޯގަނައިޒޭޝަން (އެފްޑަބްލިއުއޯ)އާ ހަވާލުކޮށްފައެވެ.

މައުޟޫޢުތަށް