ތުޅާދޫ މިސްކިތަކުން ގަބުރުކަށި ފެނުން: "މިނިސްޓަރު ހަދަނީ ދޮގު، ހަންނާން އުޅުނީ މަސްލަހަތު ގެއްލުވަން"
ސަން
24 އޮކްޓޯބަރު 2025 | ހުކުރު | 11:47
މިދިޔަ ބުދަ ދުވަހު، ބ. ތުޅާދޫ ތުޅާދޫ، މަސްޖިދުއްރަހްމާން އަލުން ބޭނުންކުރަން ފެށޭނެ ތާރީޚަކާމެދު ސުވާލުކުރައްވައި، ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު އުޅުއްވީ ރަށުގެ މަސްލަހަތު ގެއްލުވައިލަން ކަމަށާއި، އެ ސުވާލަށް ޖަވާބު ދެއްވަމުން އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ހެއްދެވީ އިތުރުފުޅުކަމަށް ތުޅާދޫ ކައުންސިލުން ތުހުމަތުކޮށްފިއެވެ.
ތުޅާދޫ، މަސްޖިދުއްރަހްމާނުން ގަބުރުކަށި ފެނިގެން އެ މިސްކިތް ބަންދުކޮށްފައި ހުންނަތާ މިހާރު ވަނީ ވަރަށް ގިނަ ދުވަސް ވެފައެވެެ.
އެހެންވެ، މިދިޔަ ބުދަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ޝަހީމް ހާޒިރުކުރުމުން، ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން ސުވާލުކުރެއްވީ ތުޅާދޫ، މަސްޖިދުއްރަހްމާން ސާފުކުރުމުގެ މަސައްކަތް ގޮސްފައި އޮތް ހިސާބާއި، އަލުން މިސްކިތް ހުޅުވޭނެ ތާރީޚަކީ ކޮބައިތޯއެވެ.