އައްޑޫ ވޯޓަށް މާބޮޑު ތަރުހީބެއް ނެތް، މިހާތަނަށް ވޯޓުލީ 17 ޕަސެންޓު މީހުން

ސަން

25 އޮކްޓޯބަރު 2025 | ހޮނިހިރު | 12:42

އައްޑޫގައި ސިޓީ ކައުންސިލް އޮންނަ ގޮތާމެދު ޚިޔާލު ހޯދުމަށް ނަގާ ވޯޓުގައި މިހާތަނަށް ވޯޓުލީ 17 ޕަސެންޓު މީހުން ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން މިއަދު ބުނެފިއެވެ.

ހެނދުނު 8:00 ވޯޓުލުން ފަށާފައިވާއިރު، އީސީން އަންނަނީ ވޯޓުލާ މީހުންގެ ހިސާބުތައް ކޮންމެ ގަޑިއިރަކުން ހިއްސާކުރަމުންނެވެ.

އެންމެ ފަހުން ހިއްސާކުރި ހިސާބުތަކުގައިވާ ގޮތުން، 12:00 ޖެހުމާ ހަމައަށް ވޯޓުލީ 1،661 މީހުންނެވެ. އެއީ، ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން އެންމެ 17.35 އިންސައްތަ މީހުންނެވެ. އޭގެތެރޭގައި ހިމެނެނީ، 789 އަންހެނުންނާއި 879 ފިރިހެނުންނެވެ.

މައުޟޫޢުތަށް