ހުޅުދޫއާއި މީދޫ ވޯޓުދިނީ ވަކި ކައުންސިލް ހަދަން، ފޭދޫ މެޖޯރިޓީ ބުނީ ވަކިވާން ބޭނުންނުވާކަމަށް
ސަން
25 އޮކްޓޯބަރު 2025 | ހޮނިހިރު | 5:30
އައްޑޫ ސިޓީ ކައުންސިލުގެ ދަށުން، ހިންގުން ވަކިކުރަން ބޭނުންވާކަމަށް ހުޅުދޫއާއި މީދޫއިން ނިންމިއިރު، ވަކި ކައުންސިލެއް ހަދަން ބޭނުން ނުުވާކަމަށް ފޭދޫގެ މެޖޯރިޓީއިން މިއަދު ވޯޓު ދީފިއެވެ.
ހެނދުނު 8:00 ޖެހިއިރު ވޯޓުލުން ފެށިއިރު، 4:00 ޖަހާއިރަށް ގިނަ ފޮށިތަކުގެ ވޯޓު ލުން ނިމި، ކިޔޫތައް ވަނީ ބަންދުކޮށްފައެވެ.
އެއަށްފަހު ވޯޓު ގުނުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.