އައްޑޫ ވޯޓުގައި ވޯޓުލެވޭ މީހުންގެ 50 ޕަސެންޓު ވެސް ބައިވެރިނުވޭ
ސަން
25 އޮކްޓޯބަރު 2025 | ހޮނިހިރު | 9:10
އައްޑޫ ސިޓީ ކައުންސިލް އޮންނާނެ ގޮތަކާ މެދު ހުޅުދުއާއި މީދުއާއި ފޭދޫ މީހުންގެ ޚިޔާލު ހޯދުމަށް ކުރިއަށް ދިޔަ ވޯޓުގައި ވޯޓުލެވޭ ޖުމްލަ އާބާދީގެ 50 ޕަސެންޓު ވެސް ބައިވެރިނުވާ ކަމަށް، އިލެކްޝަންސް ކޮމިޝަނުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިއަދު ހެނދުނު 08:00 އިން ފެށިގެން ހަވީރު 04:00 ޖަހަންދެން ގިނަ ފޮށިތަކުގެ ވޯޓުލުން ކުރިއަށް ދިޔައިރު، ގިނަ ފޮށިތަކުގެ ވޯޓުލުން ނިމި ވަނީ ބަންދުކޮށްފައެވެ.
އަދި އެއަށްފަހު 4:30 ގައި ވޯޓު ގުނުމުގެ މަސައްކަތް ފަށައި، ރަސްމީ ނަތީޖާ މިރޭ ވަނީ އިއުލާނުކޮށްފައެވެ.