ފޭދޫން ނިންމީ ހިކުމަތްތެރި ނިންމުމެއް، އުންމީދަކީ ހުޅުދުއާއި މީދޫ މިނިވަންކަމުގައި ތަރައްގީވުން: ފައްޔާޒް

ސަން

25 އޮކްޓޯބަރު 2025 | ހޮނިހިރު | 9:55

އައްޑޫ ސިޓީ ކައުންސިލުން ވަކިނުވާން ފޭދޫން ނިންމި ނިންމުމަކީ ހިކުމަތްތެރި ނިންމުމެއްގެ ގޮތުގައި އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް މިރޭ ސިފަކުރައްވައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލް އޮންނާނެ ގޮތަކާ މެދު ހުޅުދުއާއި މީދުއާއި ފޭދޫ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނެގި ވޯޓުގައި ކައުންސިލުން ވަކިނުވާން ފޭދޫން ނިންމިއިރު، ހުޅުދުއާއި މީދޫ ނިންމީ ސިޓީ ކައުންސިލުން ވަކިވެ، ވަކި ރަށު ކައުންސިލްތަކެއް ހެދުމަށެވެ.

މި ނިންމުމާ ގުޅޭގޮތުން، ފޭދޫ ރައްޔިތުންގެ ނިންމުމަކީ ހިކުމަތްތެރި ނިންމުމެއްގެ ގޮތުގައި ސިފަކުރައްވައި، ހުޅުދުއާއި މީދޫ އަމިއްލަ މިނިވަންކަމުގައި ކުރިއަށްވުރެ ތަރައްގީވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް، 'އެކްސް'ގައި މިރޭ ލިޔުއްވާފައިވެއެވެ.

މައުޟޫޢުތަށް