ކާމިޔާބީ ފާހަގަކުރަން ހުޅުދުއާއި މީދޫގައި ހަވާ އަރުވަނީ
ސަން
26 އޮކްޓޯބަރު 2025 | އާދިއްތަ | 10:02
އައްޑޫ ސިޓީ ކައުންސިލް އޮންނާނެ ގޮތަކާ މެދު ހުޅުދުއާއި މީދުއާއި ފޭދޫ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނެގި ވޯޓުގައި ސިޓީ ކައުންސިލްގެ ދަށުން ހިންގުން ވަކިކުރަން ބޭނުންވާކަމަށް ނިންމި ހުޅުދުއާއި މީދޫގައި އުފާފާޅުކުރުމުގެ ގޮތުން މިރޭ ހަވާ އަރުވަން ނިންމައިފިއެވެ.
މި ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން މިރޭ ހަވާ އެރުވުން އޮތީ ހުޅުމީދޫގެ މެދު ބަނދަރު ސަރަހައްދުގައި 8:30 ހާއިރެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެކަން ކުރައްވަނީ ހުޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ޝާހިދާއި މީދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުއްރަހްމާނެވެ.
މިކަމާ ގުޅިގެން ޝާހިދަށް ގުޅުމުން ޖަވާބެއް ދެއްވާފައިނުވާތީ އޭނާގެ ބަހެއް ލިބޭގޮތް އަދި ވަނީ ނުވެފައެވެ.