ސިޔާސަތު ފަދަ ދާއިރާތަކުން ދަރިވަރުން ތަމުރީނުކުރަނީ މުސްތަގުބަލު ބިނާކުރަން: ސާޖިދާ

ސަން

26 އޮކްޓޯބަރު 2025 | އާދިއްތަ | 10:45

ސިޔާސަތު ފަދަ ދާއިރާތަކުން ދަރިވަރުން ތަމުރީނުކުރަނީ ގައުމުގެ މުސްތަގުބަލު ބިނާކުރަން ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

އެ ކަމަނާ މިހެން ވިދާޅުވީ، ކްލިކް ކޮލެޖްގެ ރިހިޔޫބީލް ފާހަގަކުރުމަށް ރޭ މާގިރި ހޮޓަލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެ ކަމަނާ ވިދާޅުވީ، ތައުލީމީ ނިޒާމުގައި ސިއްހަތު، އާ ވިސްނުންތައް، އަދި މަސައްކަތްތެރިކަމާއި ހުނަރުވެރިކަމަށް އިސްކަންދެވެނީ ދަރިވަރުންގެ ފިކުރީ އަދި އަމަލީ ގާބިލިއްޔަތުކަން ކުރިއެރުވުމަށް ކަމަށެވެ. މީގެ އިތުރުން، އުފެއްދުންތެރިކަން، ވިޔަފާރި، އަދި ސިޔާސަތު ފަދަ ދާއިރާތަކުން ދަރިވަރުން ތަމުރީނުކުރެވެނީ ގައުމުގެ މުސްތަގުބަލު ބިނާކުރުމަށް ކަމުގައި ވެސް އެ ކަމަނާ ފާހަގަކުރެއްވިއެވެ.

މައުޟޫޢުތަށް