މީދޫގެ 100 އިންސައްތަ މީހުން ވޯޓު ދިނަަސް، ނަތީޖާއަކަށް ބަދަލެއް ނާންނާނެ: ޢަބްދުއްރަހްމާން
ސަން
26 އޮކްޓޯބަރު 2025 | އާދިއްތަ | 12:15
މީދޫގެ 100 އިންސައްތަ މީހުން ވޯޓު ދިނަަސް، މިހާރު އޮތް ނަތީޖާއަކަށް ބަދަލެއް ނާންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ޢަބްދުއްރަޙްމާން މިއަދު ވިދާޅުވެއްޖެއެވެ.
ޢަބްދުއްރަޙްމާން މިފަދައިން ވިދާޅުވެ އެކްސްގައި ޕޯސްޓެއް ކުރެއްވީ، އިއްޔެގެ ވޯޓުގައި ބައިވެރިވި ރައްޔިތުންގެ އަދަދު ނިސްބަތުން ދަށް ކަމަށް ބުނެ އެ ނަތީޖާގެ ސައްހަކަމާ ދޭތެރޭ ބައެއް އާންމުން ސޯޝަލް މީޑިއާގައި ހިޔާލުފާޅުކުރަމުންދަނިކޮށެވެ.
ޢަބްދުއްރަޙްމާން ވިދާޅުވީ، މާލޭ މޭޔަރު ކަމަށް އާދަމް އާޒިމް އިންތިހާބުވީ، ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ 54680 މީހުންގެ ތެރެއިން 7621 މީހުން ވޯޓް ދީގެން ކަމަށެވެ.