ބަނގުރާ ގެންގުޅުނުކަމުގެ ތުހުމަތުގައި އަނެއްކާވެސް ބިދޭސީންތަކެއް ހައްޔަރުކޮށްފި

ސަން

26 އޮކްޓޯބަރު 2025 | އާދިއްތަ | 12:20

ފުޅާ ދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރިކޮށް އެ ބޭނުންކުރާ ކަމުގެ ތުހުމަތުގައި އަނެއްކާ ވެސް ބިދޭސީންތަކެއް ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، މި މައްސަލައިގައި ހައްޔަރުކުރީ 19އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި ހަމަ އެ ގައުމަށް ނިސްބަތްވާ 27 އަހަރުގެ ފިރިހެނެއްގެ އިތުރުން 24 އަހަރުގެ ޕާކިސްތާނު ފިރިހެނެއް ކަމަށެވެ.

މި ތިން މީހުން ހައްޔަރުކުރީ ރޭ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހި ޕެޓްރޯލްކުރަމުން ދިޔަ ފުލުހުންތަކަކަށް، ފްލެޓު 100 ކައިރީގައި އެ މީހުން ފޮށިގަނޑުތަކެއް ގެންގުޅޭތީ ތުހުމަތުކުރެވިގެން އެ ތަކެތި ބަލައި ފާސްކުރިއިރު ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް ހުރި 500 މިލިލީޓަރުގެ 232 ފުޅި ފެނުމުން ކަމަށެވެ.

މައުޟޫޢުތަށް