ޚިޔާލު ބަދަލެއް ނުވޭ، އެކަމަކު ނަތީޖާއަށް އިހުތިރާމުކުރަން: އައިބީ

ސަން

26 އޮކްޓޯބަރު 2025 | އާދިއްތަ | 1:11

އައްޑޫ ސިޓީ ކައުންސިލް އޮންނާނެ ގޮތަކާ މެދު ހުޅުދޫއާއި މީދޫއާއި ފޭދޫ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނެގި ވޯޓުގައި ރައްޔިތުންގެ ނިންމުމަށް އިހުތިރާމުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ (އައިބީ) މިއަދު ވިދާޅުވެއްޖެއެވެ.

އޭނާގެ ނަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ފޮނުވާފައިވާ ކަމަށް ބުނާ ސިޓީއެއް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުކުރަމުންނެވެ.

އެ ސިޓީގައި ވަނީ ފޭދޫ ވަކި ސިޓީއެއްގެ ގޮތުގައި ގާއިމުނުކުރުމަށް އައްޑޫ ފޭދޫ މީހުން ނިންމި ނިންމުން ގަބޫލުނުކުރާ ކަމަށް ބުނެފައެވެ. އަދި، ފޭދޫގެ ގިނަ ރައްޔިތުން ވޯޓުގައި ބައިވެރިނުވާކަން ފާހަގަކޮށް، ނަތީޖާ އުވާލުމަށް ސިޓީގައި އެދިފައިވެއެވެ.

މައުޟޫޢުތަށް