39 މިލިއަން ރުފިޔާއަށް ވަޤުފް އިމާރާތުގެ މަސައްކަތް އާރްސީސީއަށް
ސަން
26 އޮކްޓޯބަރު 2025 | އާދިއްތަ | 3:26
ޖުމުލަ 39 މިލިއަން ރުފިޔާގެ އަގަކަށް ދާރުލްއަރުޤަމް ވަޤުފް އިމާރާތުގެ މަސައްކަތް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުއާރުސީ)އާ ހަވާލުކުރަން އިސްލާމިކް މިނިސްޓްރީން މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މާލޭގައި އިމާރާތްކުރަން ހަމަޖެހިފައިވާ ދާރުލްއަރުޤަމް އިމާރާތުގެ މަސައްކަތް އާރުއާރުސީއާ ހަވާލުކޮށް، އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ. އަދި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އާދަމް ރަޚީމެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ، 12 ބުރިއަށް އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ދާރުލްއަރުޤަމް ވަޤުފް އިމާރާތަކީ ޒަމާނީ ވަސީލަތްތަކާ އެކު ގާއިމުކުރެވޭ ޢިމާރާތެެއް ކަމަށެވެ. މި އިމާރާތުގެ ބޭސްމެންޓާއި ގްރައުންޑުގައި ޕާކު ކުރެވޭ ގޮތަށް ހަމަޖެހިފައިވާއިރު، ފުރަތަމަ ފްލޯގައި ރިސެޕްޝަނެއް ހުންނާނެއެވެ.