މާލޭގެ ހުޅަނގު ފަރާތް ދިވެހި ރުކުން ފެހިކޮށްލަނީ: ''މުޅި މާހައުލު ހިތްފަސޭހަވާނެ''
ސަން
26 އޮކްޓޯބަރު 2025 | އާދިއްތަ | 2:52
މާލޭގެ ހުޅަނގު ފަރާތުގައި ދިވެހި ރުއް އިންދައި, އެ ސަރަހައްދު ފެހިކުރަން ސިޓީ ކައުންސިލުން އިއްޔެ ފަށައިފިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭގެ މޭޔަރުކަން ކުރެއްވިއިރު މާލެ ފެހިކުރުމަށްޓަކައި ސިޓީ ކައުންސިލުން އިންދީ ކަދުރު ރުށްތަކެވެ. އަދި މި ސަރުކާރުން އެންމެ ފަހުން ކުރިއަށް ގެންދިޔަ 'އެއް ލައްކަ ގަސް' މަޝްރޫއުގެ ދަށުން މާލޭގެ އެކި ސަރަހައްދުތަކުގައި ވެސް އިންދީ ކަދުރު ރުއްތަކެވެ. އެގޮތުން, ބައެއް ޕާކުތަކާއި ވެލާނާ އެއާޕޯޓުގެ އާ ޓާމިނަލް ކުރިމަތީ ވެސް އިންދީ ކަދުރު ރުއްތަކެވެ.
އެކަމަކު, މާލޭގެ ބޮޑުތަކުރުފާނު މަގުގެ ދެކުނުކޮޅުގައި އިންދާފައި ހުރި ރުއްތައް މޯޅިވެ، ބައެއް ރުއްތައް ވަނީ މަރުވާން ކައިރިވެފައެވެ.