ހިމާޔަތްކޮށްފައި އޮތް ބަތަލާ ކުއްޔަށްދިނީ ގޯސްކޮށް، ކުލި ވެސް ހިސާބުނުކުރޭ: އޮޑިޓް
ސަން
26 އޮކްޓޯބަރު 2025 | އާދިއްތަ | 3:50
ބ. އަތޮޅު ބަޔޮސްފިޔާ ރިޒާވްގެ ގޮތުގައި ރައްކާތެރިކޮށްފައިވާ ސަރަހައްދެއްގައި ހިމެނޭ ކުޑަ ރަށެއްކަމަށްވާ ބަތަލާ ކުއްޔަށް ދޫކޮށްފައިވަނީ ގޯސްކޮށް ކަމަށް، އޮޑިޓް އޮފީހުގެ ރިޕޯޓުން ހާމަވެއްޖެއެވެ.
އޮޑިޓު އޮފީހުން ނެރުނު ރިޕޯޓެއްގައި ބުނީ 2011 ވަނަ އަހަރުގެ ޖޫން ފަސްވަނަ ދުވަހު ބަތަލާ ހިމެނޭ ސަރަހައްދު ހިމާޔަތްކުރީ، 2010ވަނަ އަހަރުގެ ޑިސެމްބަރު ފަސްވަނަ ދުވަހު އެ ރަށް، އޭރުގެ ފިޝަރީޒް މިނިސްޓްރީން ކުއްޔަށް ދީފައިވަނިކޮށް އެ އެއްބަސްވުން ބާތިލްނުކޮށް ކަމަށެވެ.
އަދި އެ ތަން ހިމާޔަތްކޮށްފައިވަނިކޮށް، މަގްސަދު ގެއްލޭގޮތަށް 2013ވަނަ އަހަރުގެ އޮކްޓޯބަރު 10ވަނަ ދުވަހު، ޓޫރިޒަމް މިނިސްޓްރީން އެ ރަށް އަމިއްލަ ކުންފުންޏަކަށް ފަތުރުވެރިކަމުގެ ބޭނުމަށް ލީސް އެއްބަސްވުމެއްގެ ދަށުން 20 އަހަރަށް ކުއްޔަށް ދިން ކަމަށް ވެސް ރިޕޯޓުގައިވެއެވެ. އަދި މި އެއްބަސްވުން ހެދީ ރައީސް އޮފީހުން އެ ރަށް ފަތުރުވެރިކަމުގެ ބޭނުމަށް ދޫކުރަން ނިންމުމުގެ ކުރިން ކަމަށް ވެސް ރިޕޯޓުގައިވެއެވެ.