ކުދި އެހެން ވޯޓުތަކުގައި ނުކުރާ ވަރަށް އައްޑޫ ވޯޓުގައި މަސައްކަތްކުރިން: އީސީ

ސަން

26 އޮކްޓޯބަރު 2025 | އާދިއްތަ | 4:26

ކުރު މުއްދަތެއްގެ ތެރޭ އައްޑޫގެ ހުޅުދުއާއި މީދުއާއި ފޭދޫގައި ބޭއްވި ފެންނަ ނުފެންނަ ވޯޓުގައި އެހެން ކުދި ވޯޓުތަކުގައި ނުކުރާ ވަރަށް އިލެކްޝަންސް ކޮމިޝަނުން މަސައްކަތްކޮށްފައިވާނެ ކަމަށް، އެ ކޮމިޝަންގެ ނައިބު ރައީސް އަބްދުއްރަހްމާން ސަލާހް ރަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

އިއްޔެގެ އިންތިޚާބާ ގުޅޭގޮތުން 'ސަން'އިން ސުވާލުކުރުމުން ސަލާހު ވިދާޅުވީ، އިންތިޚާބެއްގައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް އިލެކްޝަންސް ކޮމިޝަނުން ކުރި ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެގޮތުން، އައްޑޫގެ ހުޅުދުއާއި މީދުއާއި ފޭދޫގައި ދޮރުން ދޮރަށް ހިނގައި، އިންތިޚާބާ ގުޅޭ މައުލޫމާތު ކަރުދާސް ބަހާފައިވާނެ ކަމަށާއި، މާލެއާއި އައްޑޫގައި މައުލޫމާތު ދިނުމުގެ ސެޝަންތައް ކޮމިޝަނުން ބޭއްވި ކަމަށެވެ.

"އަޅުގަނޑުމެން އިލެކްޝަނެއްގައި ކުރާ މަސައްކަތް އަޅުގަނޑުމެން ކުރިން، ކޮމިޝަނުން ކުރަންޖެހޭ މަސައްކަތްތައް ކުރެވުނު ކަމަށް ގަބޫލުކުރަން، އެއީ ޑޯޓުޑޯ ވެސް އައްޑޫގައި ކުރިއަށް ގެންދިޔައިން، ފްލަޔާސް ބެހުމުގެ ކަންކަން ކުރިއަށް ގެންދިޔައިން މި އިންތިޚާބާ ގުޅިގެން، އިންފޮމޭޝަން ސެޝަން ވެސް މާލޭގައި ވެސް، އައްޑޫގައި ކޮންމެ އަވަށެއްގައި ވެސް ކުރިއަށް ގެންދިޔައިން،"

މައުޟޫޢުތަށް