އެއާލައިންތަކުގެ ސޭލްސް އެޖެންޓުކަން ހަމައެކަނި ދިވެހި ކުންފުނިތަކަށް ދެވޭ ގޮތަށް ގަވައިދެއް

ސަން

26 އޮކްޓޯބަރު 2025 | އާދިއްތަ | 6:13

ބޭރުގެ އެއާލައިންތަކުގެ ސޭލްސް އެޖެންޓުކަން ހަމައެކަނި ދިވެހި ކުންފުނިތަކަށް ދިނުމަށް ނިންމައި، ގަވައިދެއް އާންމުކޮށްފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީން އާންމުކުރި އެ ގަވައިދުގައި ވަނީ، ޖެނެރަލް ސޭލްސް އެޖެންޓު (ޖީއެސްއޭ)ކަމާއި ކާގޯ ސޭލްސް އެޖެންޓު(ސީއެސްއޭ)ކަމާއި ޕެސެންޖާ ސޭލްސް އެޖެންޓު(ޕީއެސްއޭ)ކަން ކުރެވޭނީ ދިވެހި ކުންފުނިތަކަށް ކަމަށެވެ.

އެޖެންޓުކަމުގެ ހުއްދަ ދޭނީ ވެސް އެ އޮތޯރިޓީން އެކަން ބެލުމަށް ފަހުގައި ކަމަށް ގަވައިދުގައިވެއެވެ.

މައުޟޫޢުތަށް