ހިތަދުއާއި ހުޅުމީދޫ ގުޅުވާލާ ބުރިޖުގެ ސާވޭއާއި ޑިޒައިން ހަދަން، 1 މިލިއަން ޑޮލަރަށް ޗައިނާ ކުންފުންޏަކަށް

ސަން

26 އޮކްޓޯބަރު 2025 | އާދިއްތަ | 6:54

އައްޑޫ ސިޓީ ހިތަދުއާއި ހުޅުމީދޫ ގުޅުވާލާ ބުރިޖުގެ ސާވޭއާއި ޑިޒައިން ހަދަން ޗައިނާ ކުންފުންޏަކާ މިއަދު ހަވާލުކޮށްފިއެވެ.

މި މަސައްކަތް ހަވާލުކުރީ، ޗައިނާގެ ޓީވައިލިން އިންޓަނޭޝަނަލް އިންޖިނިއަރިން ކޮންސަލްޓިން ކޮމްޕެނީއާއެވެ.

އެ ކުންފުންޏާ ހަވާލުކުރުމަށް އެއްބަސްވުމުގައި ސޮއިކުރެއްވީ، ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. އަދި، ޗައިނާ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ، އެ ކުންފުނީގެ ޗައިނާ ބްރާންޗްގެ ރައީސް ޗެން ޝިއައޯހޫއެވެ.

މައުޟޫޢުތަށް