ހުއްދަ ދިނުމަށްފަހު ބަލައިނުގަތް ޕީއެޗްޑީ ގަބޫލެއް ނުކުރެވޭނެ، އެކަމަކު އެމްކިއުއޭއިން ބަދަލު ދޭން ޖެހޭ: ސުޕްރީމް ކޯޓު

ސަން

26 އޮކްޓޯބަރު 2025 | އާދިއްތަ | 9:40

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)އިން ގަބޫލުކުރާނެ ކަމަށް ބުނުމުން ބަޔަކު ހެދި ޕީއެޗްޑީ ބަލައިނުގަންނަން އެ އޮތޯރިޓީން ފަހުން ނިންމި މައްސަލައިގައި ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

ފިލިޕީންސްގެ ކޮލެޖަކުން ސަނަދު ލިބޭ ގޮތަށް، ސްރީ ލަންކާ ކޮލެޖަކުން ޕީއެޗްޑީ ކޯހެއްގެ ކިޔެވުން ބަޔަކު ފެށީ އެމްކިއުއޭއިން އެ ކޯސް ގަބޫލު ކުރާކަން 2016 ވަނަ އަހަރު އެންގުމުންނެވެ. ނަމަވެސް ޖެނުއަރީ، 2018އިން ފެށިގެން އެ ކޯސް ގަބޫލުކުރުން ހުއްޓާލަން އެމްކިއުއޭއިން ނިންމިއެވެ.

އެކަމަކު އެހާތަނަށް ކިޔަވަމުންދިޔަ މީހުންގެ ސެޓްފިކެޓް ގަބޫލުކުރާނެކަން އެމްކިއުއޭއިން އެންގިއެވެ. ނަމަވެސް 2021 ވަނަ އަހަރު ސެޓްފިކެޓް ވެލިޑޭޓްކުރަން ހުށަހެޅުމުން އެމްކިއުއޭއިން އެކަމަށް ދެކޮޅު ހެދިއެވެ.

މައުޟޫޢުތަށް