މިދިޔަ ހަފުތާގައި ސްކޭމްތަކުގައި ތިން ލައްކަ ރުފިޔާ ގެއްލުނު، އެންމެ ގިނައީ އޮންލައިން ވިޔަފާރީގެ މައްސަލަތައް

ސަން

26 އޮކްޓޯބަރު 2025 | އާދިއްތަ | 11:07

މިދިޔަ ހަފުތާގައި އެކި ބާވަތްތަކުގެ ސްކޭމްތަކުގައި ޖެހި، މީހުންގެ އަތުން ގެއްލުނު ފައިސާގެ އަދަދު ތިން ލައްކަ ރުފިޔާއަށް އަރާ ކަމަށާއި އެންމެ ގިނައީ އޮންލައިން ވިޔަފާރީގެ މައްސަލަތައް ކަމަށް ފުލުހުން ބުނެފިއެވެ.

ސްކޭމް ދެކޮޅަށް މަސައްކަތް ކުރާ ފުލުހުންގެ ޔުނިޓުން މިރޭ ވަނީ، މިދިޔަ އާދިއްތަ ދުވަހުން ފެށިގެން އިއްޔެއާ ހަމައަށް ރިޕޯޓުކުރި އެފަދަ މައްސަލަތަކުގެ ތަފާސްހިސާބު އާންމުކޮށްފައެވެ.

އެ ތަފާސްހިސާބުން ދައްކާ ގޮތުގައި، އެ މުއްދަތުގައި 35 މައްސަލަ ރިޕޯޓުކޮށްފައިވާއިރު ގެއްލުނު ފައިސާގެ އަދަދު 372،515.59އަށް އަރައެވެ. އޭގެ ތެރެއިން ފުލުހުން ވަނީ 148،781.94 ރުފިޔާ ހޯދައިފައެވެ.

މައުޟޫޢުތަށް