"ރަސްމާލެއަށް ކުރަނީ އިސްރާފު، ދީފައިހުރި ގޯއްޗާއި ފްލެޓުތަކުގައި އަސާސީ ޚިދުމަތް ގާއިމްކުރުން މުހިންމު"
ސަން
27 އޮކްޓޯބަރު 2025 | ހޯމަ | 3:34
ސަރުކާރުން ގޯތި ހަވާލުކުރުން ލަސްކޮށް، ރަސްމާލެއަށް ކުރަނީ ބޮޑު އިސްރާފެއް ކަަމަށް އުތުރުތިލަފަޅު ޔޫނިއަނުން މިއަދު ބުނެފިއެވެ.
އުތުރުތިލަފަޅު ޔޫނިއަނުން ނެރުނު ބަޔާނެއްގައި ވަނީ އެހެން ރަށްރަށުގައި ހިއްކާ ބިންތައް އެ ރަށްރަށުގެ ރައްޔިތުންނަށް ލިބޭހެން، މާލޭ ސަރަހައްދުގެ ފަޅުތައް ހިއްކައިފައި ހިލޭ ބިން ދިނުމަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ސަރުކާރުން ގެންގުޅުއްވި ސިޔާސަތަށް ތައުރީފުކޮށްފައެވެ.
އެގޮތުން، އެ ސަރުކާރުން އުތުރުތިލަފަޅުން 850 ހެކްޓަރުގެ ބިންހިއްކުމަށް ނިންމާފައިވާ މަޝްރޫއުގެ ތެރެއިން، ފުރަތަމަ ފިޔަވަހީގައި 645 ހެކްޓަރުގެ ބިންހިއްކުމުގެ މަސައްކަތް ފަށާފައިވާކަން އެ ޔޫނިއަނުން ބުނެފައިވެއެވެ.