ޑިއުޓީ ބޮޑުކުރުމުން ދުންފަތުގެ އިސްތިއުމާލުކުރުން މަދެއް ނުވޭ، ފެންނަނީ ކުށް ގިނަވާތަން: އައިޝަތު އަލީ
ސަން
27 އޮކްޓޯބަރު 2025 | ހޯމަ | 1:57
ރާއްޖެއަށް އެތެރެކުރާ ދުންފަތުން ނަގާ އިމްޕޯޓް ޑިއުޓީ ބޮޑުކުރުމުގެ ސަބަބުން، ދުންފަތުގެ އިސްތިއުމާލުކުރަމުންދާ ޒުވާނުންގެ އަދަދު މަދުވާ މަންޒަރު ނުފެންނަ ކަމަށާއި ފެންނަނީ ދުންފަތާ ގުޅުން ހުރި ވައްކަންތަކާއި ކުށްތައް ގިނަވާ މަންޒަރު ކަމަށް ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު ވިދާޅުވެއްޖެއެވެ.
އައިޝަތު އަލީ 'ފޭސްބުކް'ގައި މިފަދައިން ލިޔުއްވާފައިވަނީ ދުންފަތުން ނަގާ އިމްޕޯޓު ޑިއުޓީ ބޮޑުކޮށް، ވޭޕް މަނާކުރި ފަހުން ސިނގިރޭޓާއި ވޭޕު ވަގަށް އެތެރެކުރާ ކަމަށާއި، ނަތީޖާއެއްގެ ގޮތުން ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބެންޖެހޭ އިމްޕޯޓު ޑިއުޓީ ވެސް ނުލިބި ދައުލަތަށް ލިބެންޖެހޭ އާމްދަނީ ނުލިބޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވިދާޅުވެފައި ވަނިކޮށެވެ.