300 ރުފިޔާގެ ފީ ނުދެއްކި ކަމަށް ބުނެ، ބޭރުކޮށްލި 72 ކިލޯ ޑުރަގު މައްސަލަ ބަލައިގަންނަން އަންގައިފި

ސަން

27 އޮކްޓޯބަރު 2025 | ހޯމަ | 2:10

މައްސަލަ ރަޖިސްޓްރީކުރަން ދައްކަން ޖެހޭ 300 ރުފިޔާ ނުދެއްކި ކަމަށް ބުނެ، ހައިކޯޓުން ބޭރުކޮށްލި، 72 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ ބަލައިގަންނަން އެ ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން މިއަދު އަންގައިފިއެވެ.

ހައިކޯޓުގެ ރަޖިސްޓްރާ މަރްޔަމް ހޫރުޝިދާ ސޮއިކޮށް ކޯޓުން ބޭރުކޮށްލި މައްސަލައަކީ، މަސްދޯންޏެއްގައި 72 ކިލޯ ޑުރަގު އެތެރެކުރި މައްސަލައިގައި ދައުވާ ލިބުނު ތިން މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް، ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފުކުރުމަށް ހުށަހެޅި ތިން މައްސަލައިގެ ތެރެއިން އިރުފާން ތަގިއްޔުގެ މައްސަލައެވެ. އަނެއް ދެ މައްސަލަ އޮތީ ކުރިން ބަލައިގެންފައެވެ.

މި މައްސަލަ ބޭރުކޮށްލި ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި މި މައްސަލައިގެ ރަޖިސްޓްރީ ފީ ދައްކަން، ކޯޓުން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް އަންގާފައި އޮތް މުއްދަތުގެ ތެރޭގައި ފީ ދައްކާފައެއް ނުވެއެވެ. އެކެމަކު، އެ ރިޕޯޓް އަލުން ރިވިއުކޮށްދިނުމަށް އެދި ހުށަހެމުން ހައިކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ އެ މައްސަލަ ބަލައިގަންނަން އަންގައި، ރަޖިސްޓްރާގެ ނިންމުން ބާތިލުކޮށްފައެވެ.

މައުޟޫޢުތަށް