ޝަރީއަތަށް ހާޒިރުނުވެ، ދިއްދުއަށް ވަޑައިގަތުމުން ޔާމީނަށް ފިޔަވަޅު އަޅާނެކަމުގެ އިންޒާރު
ސަން
27 އޮކްޓޯބަރު 2025 | ހޯމަ | 3:33
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު ހއ. ދިއްދުއަށް ވަޑައިގަތީ އަޑުއެހުމެއް ތާވަލުކޮށްފައި އޮއްވާ ކްރިމިނަލް ކޯޓުން ހުއްދަ ނެގުމަކައިނުލާ ކަމަށާއި އެހެންވެ ފިޔަވަޅު އެޅިދާނެ ކަމަށް އެ ކޯޓުން މިއަދު ބުނެފިއެވެ.
ޔާމީނާ ދެކޮޅަށް ދައުލަތުން އުފުލާފައިވާ ރިޝްވަތު ހިފުމާއި މަނީ ލޯންޑްރިންގެ ދައުވާގެ އަޑުއެހުމެއް އެ ކޯޓުގައި މިއަދު ވަނީ ތާވަލުކޮށްފައެވެ. އެ މައްސަލަ ތާވަލުކޮށްފައި އޮތީ މިއަދު 14:30 އަށެވެ.
އެކަމަކު، ހއ. އަތޮޅުގެ ''ތިލައުތުރު އެވޯޑް 2025'' ޝަރަފުވެރިކޮށްދެއްވުމަށް ޔާމީން ވަނީ ދިއްދުއަށް ވަޑައިގެންފައެވެ.