މައިކް ހަލާލުކޮށްލި ދެ މައްސަލަ: ޒިންމާވާ މެންބަރުންގެ އަތުން 28,253 ރުފިޔާ ނަގަނީ
ސަން
27 އޮކްޓޯބަރު 2025 | ހޯމަ | 5:55
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހީމް ފަލާހުގެ މޭޒުކޮޅުގައި ހަރުކޮށްފައި ހުރި މައިކު ހަލާކުވި މައްސަލައިގައިއާއި މީޑިއާ ބިލާ ގުޅޭ ގޮތުން މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ބޭއްވި ބައްދަލުވުމެއްގައި ހިނގި ހަމަނުޖެހުމެއްގައި މައިކް ހަލާލުކޮށްލި މައްސަލައި، މެންބަރުންގެ އަތުން ނަގާނީ 28,253 ރުފިޔާ ކަމަށް ނިންމައިފިއެވެ.
މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މައިކަކަށް ގެއްލުންދިނީ، މީޑިއާތައް ކޮންޓްރޯލް ކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި އޮތް ބިލު ފާސްކުރުމަށް ސެޕްޓެންބަރު މަހުގެ 15 ވަނަ ދުވަހު ބޭއްވި ބައްދަލުވުމެއްގައެވެ.
އެ މައްސަލަ މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީން ބެލިއިރު، އެ ހާދިސާގައި މައިކަކަށާއި ދެ މައިކްގެ ބޭސްއަށް ގެއްލުންދިން ކަމަށް ބުނެފައިވެއެވެ. އެހެންވެ، މިދިޔަ ހޯމަ ދުވަހު ކޮމިޓީން ވަނީ، މައިކުގައި ހިފަހައްޓައިގެން ތިބި ތިން މެންބަރުންގެ އަތުން މައިކުގެ އަގު ނަގަން ނިންމައިފައެވެ.