ވަގަށް ސިނގިރޭޓު އެތެރެކުރިއިރު، ކުންފުނީގެ ހިއްސާ ބަދަލުކޮށްފައި އޮތީ މިހާރުގެ މެންބަރަކަށް

ސަން

27 އޮކްޓޯބަރު 2025 | ހޯމަ | 6:40

ސިނގިރޭޓު ކޭސްތަކެއް ވަގަށް އެތެރެކުރިއިރު، "އެގްޒޮޓިކް އެންޓަޕްރައިސަސް" ކިޔާ ކުންފުނީގެ ހިއްސާ، ރައްޔިތުންގެ މަޖިލީހުގެ ހިތާދޫ ދާއިރާގެ މެންބަރު މުޙައްމަދު ސިރުހާނަށް ދީފައިވާކަން އެނގިއްޖެއެވެ.

މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން މިއަދު ފާސްކުރި ރިޕޯޓުގައިވަނީ، ޑިސެމްބަރު ތިނެއް، 2023ގައި އެގްޒޮޓިކް އެންޓަ ޕްރައިސަސްގެ ބޮންޑެޑް ވެއާހައުސް ކަސްޓަމްސްގައި ރަޖިސްޓްރީކުރިއިރު އެ ކުންފުނީގެ ބޯޑް އޮފް ޑިރެކްޓަރުންގެ ގޮތުގައި ތިބީ ލުބްނާ ހުސައިން މަނިކާއި އަބްދުﷲ ހަސަން ކިޔާ ދެ މީހަކު ކަމަށެވެ.

އެކަމަކު، އޭގެފަހުން ޑިސެމްބަރު ނުވައެއް، 2023ގައި ސިނގިރޭޓު ޝިޕްމަންޓު އެތެރެކުރިއިރު، އެ ކުންފުނީގެ ބޯޑް އޮފް ޑައިރެކްޓަރުންގެ ގޮތުގައި ތިބީ ލުބްނާ ހުސައިން މަނިކާއި ސިރުހާނެވެ.

މައުޟޫޢުތަށް