ވަޒީފާއާ ގުޅުންހުރި މައްސަލަތަކުގައި 2022ގައި ބަދަލަށް 1.4 މިލިއަން ދޭން ޖެހުނު: އޮޑިޓް

ސަން

27 އޮކްޓޯބަރު 2025 | ހޯމަ | 9:18

ސިވިލް ސާވަންޓުން ގާނޫނާއި ގަވައިދާ ޚިލާފަށް ވަޒީފާއިން ވަކިކުރުމާއި، މުސާރައާއި އިނާޔަތުގެ ގޮތުގައި ދޭންޖެހޭ ފައިސާ ދީފައިނުވުމުން، އެ މުވައްޒަފުންނަށް 2022 ވަނަ އަހަރު ބަދަލުގެ ގޮތުގައި 1.4 މިލިއަން ރުފިޔާ ދީފައިވާ ކަމަށް ސިވިލް ސާވިސް ކޮމިޝަންގެ އޮޑިޓް ރިޕޯޓުން ދައްކައިފިއެވެ.

މިދިޔަ ހޯމަ ދުވަހު އޮޑިޓް އޮފީހުން އާންމުކުރި ރިޕޯޓުގައިވާ ގޮތުން، 2022 ވަނަ އަހަރު ސިވިލް ސާވިސް ކޮމިޝަނުން ކުރި ޚަރަދުތަކުގެ ތެރޭގައި، ސަރުކާރަށް ވީ ގެއްލުމެއް ނުވަތަ ލިބިދާނެ ގެއްލުމެއް ހަމަޖެއްސުމަށް ދޭ ފައިސާގެ ގޮތުގައި 1،421،458 ޚަރަދުކޮށްފައިވެއެވެ.

އެ ފައިސާއަކީ، ދައުލަތުގެ 10 މުއައްސަސާއެއްގައި، ސިވިލް ސާވެންޓުންގެ ގޮތުގައި ތިބި 36 މުވައްޒަފަކު ވަކިކުރުމުގައި، ސިވިލް ސާވިސް ގާނޫނާއި ގަވައިދާއި ވަޒީފާއާ ބެހޭ ގާނޫނުގައި ލާޒިމްކޮށްފައިވާ ބައެއް ކަންކަން ފުރިހަމަނުކޮށް ވަކިކޮށްފައިވާތީއާއި މުސާރައާއި އިނާޔަތްތައް ނުދޭތީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލާއި ކޯޓުން އެ މީހުންނަށް ބަދަލަށް ނަގައިދިން ފައިސާ ކަމަށް ރިޕޯޓުގައިވެއެވެ.

މައުޟޫޢުތަށް