ޔާމީން ދިއްދުއަށް ވަޑައިގަތީ ކޯޓަށް އަންގަވައި، އަޑުއެހުން ކެންސަލް ކޮށްދޭން އެދިވަޑައިގަތުމަށްފަހު: ވަކީލުން

ސަން

27 އޮކްޓޯބަރު 2025 | ހޯމަ | 10:08

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހއ. ދިއްދޫއަށް ވަޑައިގަތީ ކްރިމިނަލް ކޯޓަށް އަންގަވައިފައި ކަމަށާއި، އަޑުއެހުން ކެންސަލް ކޮށްދިނުމަށް އެދިވަޑައިގެންފައިވާނެ ކަމަށް އެ މަނިކުފާނުގެ ވަކީލުން މިއަދު ވިދާޅުވެއްޖެއެވެ.

ޔާމީނާ ދެކޮޅަށް ދައުލަތުން އުފުލާފައިވާ ރިޝްވަތު ހިފުމާއި މަނީ ލޯންޑްރިންގެ ދައުވާގެ އަޑުއެހުމެއް އެ ކޯޓުގައި މިއަދު ވަނީ ތާވަލުކޮށްފައެވެ. އެ މައްސަލަ ތާވަލުކޮށްފައި އޮތީ މިއަދު 14:30 އަށެވެ.

ދިއްދޫގައި އޮތް 'ތިލައުތުރު އެވޯޑް 2025' ޝަރަފުވެރި ކޮށްދެއްވުމަށް ޔާމީން އެ ރަށަށް ވަޑައިގަތީ މިއަދު ހަވީރެވެ.

މައުޟޫޢުތަށް