ވެރިކަމަށް އުއްމީދު ކުރަނީ މާލީ މަންފާއެއް ހޯދާކަށް ނޫން، ހާލަތު ބަދަލު ކުރަން ބޭނުންވާތީ: ޔާމީން
ސަން
27 އޮކްޓޯބަރު 2025 | ހޯމަ | 11:44
ވެރިކަމަށް އެ މަނިކުފާނު އުންމީދުކުރައްވަނީ މާލީ މަންފާއެއް ހޯއްދަވަން ނޫން ކަމަށާއި ރާއްޖޭގެ ހާލަތު ބަދަލު ކުރަން ބޭނުންފުޅުވާތީ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެއެވެ.
ހއ. ދިއްދުއަށް ވަޑައިގެން މި އަހަރުގެ ތިލައުތުރު އެވޯޑް ހަފުލާ ޝަރަފުވެރިކޮށްދެއްވައި ޔާމީން ވިދާޅުވީ، ރައްޔިތުން ތަކުލީފެއް އުފުލާނަމަ އެ މަނިކުފާނު އެ ވާހަކައެއް ދައްކަވާނެ ކަމަށެވެ.
އެގޮތުން ރައްޔިތުންގެ ހައްގުތަކާއި މުއައްސަސާތަކުން ޚިދުމަތްތައް ނުދިނުމާއި ވައުދުތައް ނުފުއްދުން ފަދަ ކަންކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.