ބުރިޖު މަތިން ދިޔަ ސައިކަލެއްގައި ފަހަތުން އައި ކާރެއް ޖެހި، ދެ މީހަކަށް އަނިޔާވެއްޖެ
ސަން
27 އޮކްޓޯބަރު 2025 | ހޯމަ | 11:57
ސިނަމާލެ ބުރިޖު މަތިން ދުއްވާފައި ދިޔަ ސައިކަލެއްގައި، ފަހަތުން ދިޔަ ކާރެއް ޖެހުމާ ގުޅިގެން ސައިކަލުގައި ތިބި ދެ މީހުންނަށް މިރޭ އަނިޔާވެއްޖެއެވެ.
ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ މިރޭ 22:17ހާއިރު، ބުރިޖުން ހުޅުމާލެއަށް ދަތުރުކުރާ ފަޅީގައި އެކްސިޑެންޓެއްވި ކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށެވެ.
އެ އެކްސިޑެންޓުގައި، ސައިކަލުގައި ތިބި ދިވެހި ދެ އަންހެނުންނަށް އަނިޔާވެގެން ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެ މީހުންނަށް ސީރިއަސް އަނިިޔާއެއް ލިބިފައިނުވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ.